މިއަދަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެ މަގާމު ފުރުއްވާ ފަހު ދުވަސްކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާތީ، އެމަނިކުފާނަށް ހާއްސަ "ފެއާވެލް" އެއް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން ޖޭއެސްސީއަށް އެންގެވީ މެއި 8، 2025 ގަ އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ މި ނޫހަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ރިޓަޔާކޮށްދެއްވަން ޖޭއެސްސީން ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން މި ނިންމެވީ، ދާދި އަވަހަށް ރިޓަޔާ ކުރައްވާނެކަމުގެ އިޝާރާތެއް މިދިޔަ ފެބްރުއަރީ މަހު ދެއްވާފައި އޮއްވަ އެވެ.
"ހަމަ އެކަށީގެންވާ ކަމެއް މި ހައިސިއްޔަތުން މިފަދަ ޖަލްސާއަކުން ނުފެނުމަކީ ވެސް،" ފެބްރުއަރީ 1، ގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މިއީ ސުޕްރީމް ކޯޓުގައި މުއުތަސިމް ހިދުމަތް ކުރެއްވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހިދުމަތް ކުރެއްވީ އޮގަސްޓު 10، 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގެން އުއްތަމަ ފަނޑިޔާރުގެ ހުވާ މުއުތަސިމް ކުރެއްވީ ޑިސެމްބަރު 8، 2019 ގަ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމެވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނިކޮށެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. އެ ދެ ފަނޑިޔާރުން މިހާރު ވަނީ ވަކިކޮށްފަ އެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމީ، ދިފާއުގައި ހުށަހެޅި ހެކިން ބަލައިނުގަތުމަށް ނިންމުމަށްފަހު އެވެ. އަދި މައްސަލަ ނިންމިއިރު، އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ލިބިފައެއްނުވެ އެވެ.
މިއަދަކީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މުއުތަސިމް އަދުނާންގެ ފަހު ދުވަސް މިއަދަކީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މުއުތަސިމް އަދުނާންގެ ފަހު ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ