މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގު، މެރީ ބްރައުން ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މާފަންނު ބަސް ސްޓޭޝަން ކުރިމަތިން އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވަނީ މަރުވެފަ އެވެ.
ތަފްސީލް - އައިޖީއެމްއެޗުން މިއަދު ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، އުމުރުން 16 އަހަރުގެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ ކުއްޖާ އަކީ އެކްސިޑެންޓުވި ސައިކަލު ފަހަތުގައި އިން ކުއްޖާ އެވެ.
އެކްސިޑެންޓުގައި އަނިޔާވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން:
އޭނާއަށް މީގެ ކުރިންް ފަރުވާދިނީ ވެންޓިލޭޓަރުގައި؛ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނި
40 އަހަރުގެ މީހާ އަކީ މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހުނު މީހާ
ފުލުހުން އަންނަނީ މި އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.
އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ފަރުވާއަށް ފަހު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ