ދުނިޔޭގެ އެންމެބޮޑު ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނި، ޓްރާންސް މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިން ދިނުމަށް ނިންމި މައްސަލާގައި ޕައިލެޓުން އިހުތިޖާޖަކަށް ދިއުމަށް ނިންމައިފިއެވެ.
މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިންދޭ މައްސަލާގައި ބައެއް ޕައިލެޓުންގެ އިތުރުން އިންޖިނިއަރުންނާއި، ކެބިން ކްރޫއިން ހިމެނޭގޮތަށް ރޭ ވަނީ ހުޅުމާލޭގައި ހުންނަ ވޯޓަރ އެޖް ރޫފްޓޮޕް ގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ޓީއެމްއޭގެ މުއައްޒަފުން ވަނީ މުސާރައިގެ ބައެއް ރުފިޔާއިން ދޭން ނިންމުމުން ދެން އެކަމުގައި އަމަލުކުރާނެ ގޮތާމެދު މަޝްވަރާކޮށްފައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީއެމްއޭގެ ޕައިލެޓުން ވަނި މުސާރަދިނުމަށް ނިންމާފައިވާގޮތް އަނބުރާ ނުގެންގޮސްފިނަމަ މިހިނގާ ޖުލައިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލުމަށް ނިންމާފައެވެ. މިކަން މެނޭޖުމަންޓަށްވެސް އަންގާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅޭގޮތުން ޓީއެމްއޭއިން ރަސްމޯކޮށް އަދި ވަކިއެއްޗެކޭ ބުނެފައެއް ނުވެއެވެ. ޓީއެމްއޭގައި 1500 އަށްވުރެ ގިނަ މުއައްޒަފުން މަސައްކަތްކުރަމުންދާއިރު، މީގެ ތެރޭގައި ޕައިލެޓުންގެ އަދަދު 200 އަށް އަރައެވެ.
ޓީއެމްއޭއިން މުސާރައިގެ އެއްބައި ރުފިޔާއިން ދޭގޮތަށް ނިންމީ، ޓޫރިޒަމް ވިޔަފާރި ކުންފުނިތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުމާ ގުޅިގެންނެވެ. އެގޮތުން ޓީއެމްއޭއިން ނިންމާފައިވަނީ މުސާރައިގެން 80 އިންސައްތަ ޑޮލަރުން އަދި 20 އިންސައްތަ ދިވެހި ރުފިޔާއިން ދިނުމަށެވެ.
ރުފިޔާއިން މުސާރަދޭތީ ޓީއެމްއޭގެ މުއައްޒަފުން އިހުތިޖާޖަކަށް ދިއުމަށް ނިންމާފައިވާއިރު، މަންޓާއެއާލައިނުގައި މަސައްކަތްކުރާ ބައެއް މުއައްޒަފުންވެސް ވަނީ މުސާރައާއި އުޖޫރަ ދިނުމުގައި ވަޒީފާއާބެހޭ އެއްބަސްވުމާ ހިލާފްވި މައްސަލައެއް ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންޓާއެއާއިްނ މުއައްޒަފުންނާއެކު އެއްބަސްވުން ގާއިމްކޮށްފައިވަނީ މުސާރައާއި އިނާޔަތްތައް ޑޮލަރުންދޭގޮތަށެވެ.
މަންޓާ އެއާލައިނުގައި މަސައްކަތްކުރާ ބައެއް މުއައްޒަފުން އެ މައްސަލަ ޓްރިބިއުނަލަށް ވައްދާފައިވާއިރު، މިކަމުގައި އެކުންފުންޏަކުން އަދި މިހާތަނަށް ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.
މުސާރައިގެ އެއްބައި ރުފިޔާއިން ދޭތީވެ، ޓީއެމްއޭގެ ޕައިލެޓުން އިހުތިޖާޖަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ