ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ފަޒީލްގެ މައްސަލަ ފައިލް ކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލާއި ދެކޮޅަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
ފަޒީލްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އަންހެނުން އަންނަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރަމުންނެވެ. އެގޮތުން ފަޒީލަށް ރޭޕްގެ ތުހުމަތާއި 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ފަދަ ބޮޑެތި ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފަޒީލް ވަނީ އޭނާއަށް ކުރި ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ މައްސަލަ ބަލައިދޭން އޭނާ ފުލުހުންގެ އިދާރާގައި އޭނާ އެދިފައި ވެއެވެ. އަދި އެއީ ގޮތުގައި އެއީ އޭނާ މަގާމަށް އައުމުގެ ކުރިން ހިނގި ކަމަށް ބުނާ ކަންތައްތަކެކެވެ.
ފަޒީލްއަށް ކުރި ތުހުމަތުތައް ތަހުގީގު ކުރަން އޭނާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިންވެސް ފުލުހުންނާ ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅިއެވެ. އެ ތުހުމަތުތަކާ ގުޅިގެން އޭނާ ކުރިން މަގާމުން ސަސްޕެންޑު ކުރިއަސް މިހާރު އޭނާގެ ސަސްޕެންޝަން އުވާލާ މިހާރު ވަޒީފާއަށް ނުކުމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ