ވެލާނާ އިންޓަނަޝޭނަލް އެއާޕޯޓް (ވީއައިއޭ)ގައި އިންޓަނޭޝަނަލް ތިން ބްރޭންޑެއްގެ އުފެއްދުންތައް ވިއްކުމަށްތަކައި އައުޓްލެޓެއް ހުޅުވައިފި އެވެ.
ވީއައިއޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއައުޓްލެޓް ހުޅުއްވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.
މިއައުޓްލެޓުގައި ވިއްކުމަށް ހާއްސަކޮށްފައިވާ ތިން ބްރޭންޑަކީ މެކް، ޖޯ މެލޯން ލަންޑަން އަދި ކޮމްފޯޑް ކޮސްމެޓިކްސް އެވެ.
ޖޯ މެލޯން ލަންޑަންއަކީ އެކި ވައްތަރުގެ ސެންޓާއި ކޮލޯންތައް އުފައްދާ އިނގިރޭސި ބްރޭންޑެކެވެ. ދިވެހިންގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ މެކްގެ އުފެއްދުންތަކަށް ހާއްސަކޮށްގެން މިއީ ހުޅުވި މިފަދަ ފުރަތަމަ އައުޓްލެޓެވެ. މެކް ލިޕްސްޓިކްގެ އަގު އެވްރެޖް ގޮތެއްގައި އުޅެނީ 20 ޑޮލަރާއި 23 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ. މީގެ އިތުރުން ޓޮމް ފޯޑްގެ ބިޔުޓީ ޕްރޮޑަކްޓްސްގެ ތެރޭގައި މޭކަޕް ކުރުމަށް ބޭނުންކުރާ ސާމާނާއި ސެންޓް ހިމެނެ އެވެ.
ރީތިވާ ސާމާނަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ގަންނަ ޕްރޮޑަކްޓްކަން ފާހަގަކުރައްވައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިއައުތްލެޓްގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ޖާގައިގެ ގޮތުން ދަތިކަން ކުރިމަތިވުމަކީ މި އައުޓްލެޓްތައް ހިންގުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަންވެސް މޫސާ ސޯލިހް ވަނީ ފާހަގަކުރައްވާފަ އެވެ.
ތިން ބްރޭންޑެއްގެ އުފެއްދުންތައް ވިއްކުމަށް ވީއައިއޭގައި އައުޓްލެޓެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ