އެސްއޯއެފުން ފައިސާ ޖަމާކުރި މީހުންގެ ތެރޭގައި ހުސެއިންމަނިކު ދޮންމަނިކާއި ރީކޯ މޫސަ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި އެންޓިކޮރަޕްޝަން ކޮމިޝަނުން، މިއަދު ނެރުނު ރިޕޯޓްގައި އެސްއޯއެފުން ފައިސާ ޖަމާކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ އާއި ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިންމަނިކު ހިމެނިފައިވާކަން ހާމަ ވެއްޖެ އެވެ.
އޭސީސީ ރިޕޯޓުގައި ބުނެފައިވަނީ، އެސްއޯއެފްގެ އެކައުންޓުން ރީކޯ މޫސާ މަނިކުގެ އެކައުންޓަށް، 100،000 ޑޮލަރު (1،542،000 ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ. އަދި ހުސެއިންމަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
އޭސީސީގެ ރިޕޯޓްގައި މަޖިލީހުުގެ އެހެން ބައެއް މެންބަރުންނާއި، އެ މެންބަރުންނަށް ނިސްބަތްވާ ކުންފުނިތަކަށްވެސް ފައިސާ ޖަމާކޮށްފައިވާކަަން ވަނީ ހާމަކޮށްފަ އެވެ. އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
ރިޕޯޓްގައިވާ ގޮތުން، ރާއްޖޭގެ ބޮޑެތި މުއްސަނދީންނަށް ނިސްބަތްވާ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ އެކައުންޓްތަކަށްވެސް ފައިސާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ