ކުރީގެ ރައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ޑިސްޗާޖް ކުރުމުން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފި އެވެ. ޔާމީން ޑިސްޗާޖު ކުރިކަން އައިޖީއެމްއެޗުން ވަނީ ޔަގީންކޮށްދީފަ އެވެ. އައިޖީއެމްއެޗުން ބުނީ މިއަދު ތިނެއް ޖެހި އިރު ޔާމީން އައިޖީއެމްޗުން ޑިސްޗާޖު ކޮށްފައިވާ ކަމަށެވެ. ޔާމީން އައިޖީއެމްޗަށް ގެންދެވުނީ ކޮން ކަހަލަ ބަަޔެއްގައި ކަމެއް ސާފެއް ނުވެ އެވެ. އެހެންނަމަވެސް އިއްޔެ 24 ގަޑިއިރު އޮބްޒަވޭޝަނެއްގައި ބާއްވަން އެޑްމިޓްކުރި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެވުނީ، ކަރަންޝަންސް ސާވިސްގެ އެދިވަޑައިގަތުމުގެ މަތިން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ބުނެ އެވެ. ޝަރީއަތް ނިމެންދެން މާފުށީގައި ޖަލު ބަންދެއްގައި ހުންނެވި ރައީސް ޔާމީން މިއަދު ހަވީރު 4:45 އެހާކަންހާއިރު، އައިޖީއެމްއެޗަށް ގެނެވިފައި ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ނޫން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝީޔާޒު "ސަން" އަށް ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ދައުވާ އާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެމަނިކުފާނު ޖަލު ބަންދެއްގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ