ރަސްފަންނު މޫދު އަލުން ހުޅުވާލައިފި

މާލޭ ހުޅަނގު ފަރާތު އާޓިފިޝަލް ބީޗު، ރަސްފަންނުގެ މޫދު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ ރަސްފަންނު މޫދު ހުޅުވާލީ ލޮނުގަނޑުގައި ނަޖިސް ހުރިތޯ ބެލުމަށް ޓެސްޓު ކުރުމަށްފަހު، އެތަނަކީ މޫދަށް އެރެން އެކަށީގެންވާ ތަނެއްކަން ޔަގީން ކުރުމަށް ފަހުއެވެ. ރަސްފަންނު މޫދު އާންމުންނަށް ހުޅުވާލީ އާދިއްތަ ދުވަހުއެވެ. ރަސްފަންނު މޫދު އާންމުންނަށް ބަންދު ކުރީ މޫދު ލޮނުގަނދުގައި ނަޖިހުގެ އަސަރު ހުރުމުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭގައެވެ. ޝަމާއު ވިދާޅުވީ އެޗްޕީއޭ އިން އެ ސަރަހައްދުގެ ލޮނުގަނޑުގެ ޓެސްޓު ދެ ފަހަރެއްގެ މަތިން ހަދާފައިވާ ކަމަށެވެ. ރަސްފަންނު މޫދުގައި ނަޖިސް އެކުލެވޭތީ ބެލުމަށް އެންމެ ފަހުން ހެދި ޓެސްޓުގެ ނަތީޖާ ދައްކާގޮތުން އެ ސަރަހައްދުގެ މޫދު ލޮނުގަނޑު ޑަބްލިއުއެޗްއޯގެ ރެކްރިއޭޝަން ވޯޓާ ގައި ހުންނަން ޖެހޭ މިންގަނޑަށް ފެތޭ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ ރަސްފަންނު މޫދުން ނަޖިހުގެ އަސަރު ފެންނަނީ މޫސުން ބަދަލުވެ އޮއިވަރަށް ބަދަލު އައުމުން ކަމަށެވެ. އެ ކަމަށް ދާއިމީ ހައްލެއް ގެނައުމަށް އެމްޓީސީސީ އާއި މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/118205
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ