ހުޅުމާލޭގައި ދެކުދިންނަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ހުޅުމާލޭގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކުޑަ ދެ ފިރިހެން ކުއްޖަކަށް ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރެވެ.
އެ މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނައިރު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް މައުލޫމާތު ދިނެވެ.
އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބިފައި ވަނީ އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ދެ ކުދިންނަށް ވެސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް ވެއެވެ.
މިމަހުގެ ކުރީކޮޅު ވެސް ރާއްޖޭގައި ވަނީ ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައެވެ. އެމައްސަލައިގައި ފުލުހުން ތުހުމަތު ކުރަނީ ކުއްޖާގެ 13 އަހަރުގެ އަދި 16 އަހަރުގެ ދެ ބޭބެ އަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން 71 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ