ރައްޔިތުން ތިބީ 2023ގެ ވޯޓު އަޅުގަނޑަށް ނިންމައިގެންހެން ހީވާ ކަހަލަ: ޔާމީން

ރައްޔިތުން ތިބީ 2023ގެ ވޯޓު އެމަނިކުފާނަށް ނިންމައިގެންހެން ހީފުޅުވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް ށ. ފޯކައިދޫއަށް ވަޑައިގެން އެރަށުގައި މީގެ ދެ ރޭ ކުރިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ, ރަށްރަށަށް ޒިޔާރަތް ކުރާއިރު, ކުރީގެ އެންމެ އިސް ހާދިމެއްގެ ގޮތުގައި ހިދުމަތް ކުރަމުންދިޔަ އިރު, އޭރު ހުށަހެޅި ކަހަލަ ހުށަހެޅުންތަކެއް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ ހުށަހެޅުންތައް ބަލައިގަންނަ ކަމަށްވެސް ވިދާޅުވި އެވެ.
“އެކަމަކު ހީވާކަހަލަ ތިބޭފުޅުން 2023ގެ ވޯޓު މިހާރު ނިންމީ ކަމަށްވެސް,” ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ, އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިން ނަމަވެސް, އެތަންތަން މިއަދު ވީރާވެގެން ގޮސްފައި ވަނީ ބައެއްގެ އިހުމާލުން ކަމަށެވެ.
އަދި އިންތިހާބުގެ މޫސުމުގައި ރަށްރަށް ގޮސް, ކަންތައް ކޮށްދޭނެ ކަމަށް ވިދާޅުވުމަކީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށާއި ނަމަވެސް ލިބޭތަނުގައި ލިބިގަތުމަކީ ރަނގަޅު އުސޫލެއް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ