އަޔުޝްމަން ދެން ކުޅޭ ފިލްމުން ފެނިގެންދާނީ ނުޝްރަތް ބަރޫޗާ

ކާމިޔާބު ފިލްމްތަކެއް ކުޅެމުން އަންނަ ބަތަލު އަޔުޝްމަން ކުރާނާ ދެން ކުޅޭ ފިލްމްގައި އޭނާއާއި އެކު ފެނިގެންދާނީ ނުޝްރަތް ބަރޫޗާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ނަމެއް އަދި ދީފައި ނުވާ އެ ފިލްމް ވެގެންދާނީ އަޔުޝްމަން އާއި ނުޝްރަތް އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.
ރާޖް ޝާންދިލްޔާ ޑައިރެކްޓް ކުރާ ރޮމޭންޓިކް ކޮމެޑީ އެ ފިލްމަށް ފަންޑު ކުރުމަށް ހަމަޖެހިފައިވަނީ އޭކްތާ ކަޕޫރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
"މީގެ ކުރިން އަހަރެން ވާނީ އެކްތާއާއިއެކު މަސައްކަތް ކޮށްފައި. އަހަރެންނަށް އިހުސާސް ކުރެވެނީ އެނބުރި ގެއަށް އައުން ކަމަށް. އަހަރެން މި ހުރީ އަޔުޝްމަން އާއެކު މަސައްކަތް ކުރެވޭތީ އެކަމާ ވަރަށް ހިތްހަމަޖެހިފައި،" ނުޝްރަތް ބުންޏެވެ.
މިއަހަރު ރިލީޒް ކޮށްފައިވާ ދެ ތަރިންގެ ފިލްމްތަކަކީވެސް ކާމިޔާބު ފިލްމް ތަކެއް ކަމަށާއި އުއްމީދު ކުރަނީ މިފަހަރުގެ ފިލްމްވެސް ކާމިޔާބު ފިލްމަކަށް ވެގެން ދިއުން ކަމަށް ނުޝްރަތު ވަނީ ބުނެފައެވެ.
ފިލްމްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ފުރަތަމަ ހަފްތާގައެވެ.
ނުޝްރަތް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ސޯނޫކެ ޓީޓޫކި ސްވިޓީ" އިންނެވެ. މި ފިލްމްގައި އޭނާ އާއެކު ލީޑް ޜޯލުން ފެނިގެން ގޮސްފައިވަނީ ކާރްތިކް އާރްޔަން އަދި ސަނީ ސިންގް އެވެ.
އަޔުޝްމަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކޮމެޑީ ފިލްމް "ބަދާއީ ހޯ" އިންނެވެ. މިފިލްމުގައި އަޔުޝްމަންގެ އިތުރުން ފެނިގެން ގޮސްފައިވަނީ ސަނާޔާ މަލޯތްރާ، ނީނާ ގުޕްތާ އާއި ސުރޭޚާ ސިކްރީ، ގަޖްރާޖް ރާއޯ އަދި ޝީބާ ޗައްދާއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ އަމިތް ޝަރްމާއެވެ.
މިފިލްމް ވެގެން ގޮސްފައި ވަނީ އަޔުޝްމަން ކުޅުނު ފިލްމް ތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީ ލިބިގެން ދިޔަ ފިލްމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ