ރައީސް ޔާމީން ތިންވަނަފަހަރަށް ފުލުހަށް ހާޒިރުކޮށްފި

ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް މިއަދުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިކަމަށް ފުލުހުން ކަށަވަރުކޮށްދީފިއެވެ.
އެގޮތުން ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗައް ތުހުމަތުކުރެވިފައިވާ ކުރެވިފައިވާ މަނީ ލޯންޑްރީކުރުމާއި އޭސީސީއިން ކުރިއަށް ގެންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތެވެ.
މިއީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރެވުނު ތިންވަނަފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ