ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސަމާލުވުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފި

ހަމަނުޖެހުންތައް ކޮންޓްރޯލުން ނެއްޓިފައިވާ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސަމާލުވުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފި އެވެ.ލަންކާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، ޓޫރިޒަމް އަޑިއަޅާލުމުން އިގްތިސާދަށް އެ ކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ގައުމެކެވެ. އަދި ރާޖަޕަކްސަ އާއިލާ 2019ގައި އެނބުރި ވެރިކަމަށް އައުމަށް ފަހު މީހުންގެ ރުހުން ހޯދުމަށް ޓެކްސްތަކަށް ލުއިދިނުމުން ވެސް އެކަމުގެ ލޮޅުން އާމްދަނީއަށް ވަރަށް ބޮޑަށް އެރި އެވެ.އެއާ އެކު، ބޭރު ފައިސާގެ ރިޒާވް އަޑިއަޅާލައި ތެލަށް ޖެހި، ކަރަންޓް ކަނޑާވަރު އިތުރުކުރަން ޖެހުނެވެ. ބޭހާއި ކާބޯބާތަކެއްޗަށް ވެސް ވަނީ ޖެހިފަ އެވެ. އެ ނުތަނަސްކަމުގެ ތެރޭގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް، އެ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާތައް މައިތިރި ކުރަން ފުލުހުން ބަޑި ވެސް ޖަހަން ޖެހި، އެކަކު ވަނީ މަރުވެފަ އެވެ.އިތުރަށް ކިޔާލަން: ލަންކާގެ ސިޔާސީ މަސްރަހު ކޮންޓްރޯލުން ނައްޓާ ހުޅު ރޯވެއްޖެފޮރިން މިނިސްޓްރީން ދެންމެ ބުނީ މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާތީ ސްރީލަންކާގައި ދިރިއުޅޭ އަދި ސްރީލަންކާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންވެސް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށެވެ.އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުއްވުމަށްވެސް އެދިފައިވެއެވެ.ލަންކާއަކީ ދިވެހީންގެ 16،000 މީހުންގެ އާބާދީއެއް އޮތް ގަައުމެކެވެ. ވަރަށް ގިނަ ދިވެހީން އެކި ބޭނުންތަކުގައި އެ ގައުމަށް ދަތުރުކޮށް އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ