ތިމަރަފުށީ ގޮނޑިއަށް ކުރިމަތި ލުމުގެ ފުރުސަތު ޕީޕީއެމުން ހުޅުވާލައިފި

ތިމަރަފުށީ ބައި އިލެކްޝަނުގައި ޕީޕީއެމުގެ ޓިކެޓްގައި ނިކުތުމަށް އެއް ކެންޑިޑޭކަށް ވުރެ ގިނަ ކެންޑިޑޭޓުން ބޭނުން ވެއްޖެ ނަމަ ޕީޕީއެމުން ނިކުންނާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށް ނިންމައި އެ ގޮނޑި އަށް ޕީޕީއެމް ޓިކެޓްގައި ކުރިމަތިލުމަށް ޝައުގު ވެރިވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ޕީޕީއެމް ޕްރައިމަރީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހު 9 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުނެ އެވެ.
ތިމަރަފުށީ ބައި އިލެކްޝަނުގައި ޕީޕީއެމް ޓިކެޓްގައި ނިކުންނަން ބޭނުންވާ ފަރާތްތަކުން އަންނަ މަހު 5 ވަނަ ދުވަހު ކުރިން އެ ޕާޓީން އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.
އަދި ޕީޕީއެމް ޓިކެޓް ހޯދުމަށް ހުށަހަޅާ ފަރާތްތަކުން ތިމަރަފުށީ ދާއިރާގެ ޕީޕީއެމުގެ 50 މެންބަރުންގެ ސޮޔާ އެކު އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ޕީޕީއެމުން ކޮށްފައިވާ އިއުލާންގައި ބުނެފައިވެ އެވެ.
އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އޮންނަ ތިމަރަފުށީ ބައި އިލެކްޝަނުގައި އެމްޑީޕީން ނިކުންނާނެ ކެންޑިޑޭޓަކުން ކަނޑައެޅުމަށް އެ ޕާޓީން ވެސް ވަނީ ޕްރައިމަރީ އެއް ބޭއްވުމަށް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ