އެމެރިކާގެ ރައްޔިތުން ވެސް ވަނީ ޓްރަމްޕުގެ ސިޔާސަތާ ދެކޮޅުކަން ދައްކުވައިދީފަ: އީރާން

އެމެރިކާގެ ރައީސް ޓްރަމްޕުގެ ވިޔާނުދާ ސިޔާސަތުތަކަށް ދެކޮޅު ހަދާފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެކަނި ނޫން ކަމަށާއި އެމެރިކާގެ ރައްޔިތުން ވެސް ވަނީ ޓްރަމްޕުގެ ސިޔާސަތާ ދެކޮޅުކަން ދައްކުވައިދީފައި ކަމަށް އީރާނުން ބުނެފި އެވެ. ޓްރަމްޕުގެ ވެރިކަމުގައި އީރާނާ އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޚާއްސަކޮށް ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އަދި ބައިޑަންގެ ނައިބް ރައީސްކަމުގަ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމުން، ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވި އެވެ. ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު ޓްރަމްޕުގެ ސަރުކާރުން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ. އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ ޓްރަމްޕުގެ ވިޔާނުދާ ސިޔާސަތުތަކަށް ދެކޮޅު ހަދާފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެކަނި ނޫން ކަމަށާއި އެމެރިކާގެ ރައްޔިތުން ވެސް ވަނީ ޓްރަމްޕުގެ ސިޔާސަތާ ދެކޮޅުކަން ދައްކުވައިދީފައި ކަމަށެވެ."ޓަރްމްޕުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ދެއްކި ސާބިތުކަމުގެ ނަތީޖާ އަކީ އެފަދަ ކޮންމެ ފިޔަވަޅެއް އާޚިރުގައި ފެއިލްވެގެންދާނެކަން،" އީރާނުގެ ރޫހާނީ ލީޑަރު ވިދާޅުވި އެވެ.އިންތިޚާބުގައި ރެކޯޑު ޢަދަދަކަށް ވޯޓު ލިބިވަޑައިގެންނެވި ބައިޑަންވަނީ އޭނާއަށް ލިބުނު ބޮޑު ތަރުހީބު ފާހަގަކުރައްވާ ޤައުމުގެ ރައްޔިތުން ދިން ތާޢީދަށް ޝުކުރު ޢަދާކުރައްވާފައެވެ. އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއް މިލިއަނަށްވުރެ ގިނަ މުސްލިމުން ވޯޓުލާފައިވާކަމަށް ދިރާސާތަކުން ދައްކައިފައިވާއިރު ބައިޑަން ވަނީ ގައުމު އެއްބައިވަންތަ ކުރުވަން ވައުދުވެވަޑައިގެންފި އެވެ. "ކުރަން ހުރި މަސައްކަތް ވަރަށް ބުރަ. އެކަމަކު އަޅުގަނޑު ތިޔަ ބޭފުޅުނަށް މި ވައުދު ވަނީ އަޅުގަނޑު ވާނީ (އަޅުގަނޑަށް ވޯޓުލީ މީހުންނާއި ވޯޓު ނުލާ މީހުން ވެސް ހިމެނޭ ގޮތަށް) އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށް،" 77 އަހަރުގެ ކުރީގެ ނައިބް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނުކުމެވަޑައިގެންނެވި ބައިޑަން ވިދާޅުވީ އިންތިޚާބު މިހާރު ނިމިއްޖެ ކަމަށާއި ދެން އޮތީ އެންމެން އެކަތިގަނޑަކަށްވެ ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުން ކަމަށެވެ.ރެކޯޑް އަދަދެއް ކަމަށްވާ 74 މިލިއަން މީހުންގެ ތާއީދު މިފަހަރު ބައިޑަން އަށް އޮތްކަން އިންތިޚާބުގައި ނަތީޖާތަކުން ވަނީ ހާމަވެފައެވެ. އަދި ވެރިކަމުގެ ހަތަރު އަހަރު ދުވަހު ތެރޭ ޓްރަމްޕުގެ ހަރުކަށި ބަސްމަގު ހުރި ގޮތުން، 2016 ވަނަ އަހަރުގެ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރި އެތައް ބަޔަކު މި ފަހަރު ވަނީ ފެއަށް ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ