ކަނޑަށް ކުނި އަޅާ މައްސަލައަށް ހައްލެއް ބޭނުންވޭ: ރައީސް ނަޝީދު

ރިސޯޓުތަކުން މޫދަަށް ކުނި އަޅާ މައްސަަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވީ ހޯރަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމުގެ ޓުވީޓެއް ހިއްސާކުރައްވައެވެ. ސަލީމުގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ރިސޯޓުތަކުން 389 ޓަނުގެ ކުނި ކޮންމެ ދުވަހަކު އުފައްދާނެ ކަމަށް ބެލެވޭއިރު އެއިން 233 ޓަނަކީ އޯގޭނިކް ކުނި ކަމަށެވެ.ބައޯގޭހަކީ އުކާލާ ކާނާއިން އުފައްދާ ގޭހެެކެވެ. މިއީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ކުނިވާ ޒާތުގެ ކާނާ ބޭނުންކޮށްގެން އުފައްދަމުން އަންނަ ގޭހެކެވެ.ރައީސް ނަޝީދު ވިދާޅުވެެފައި ވަނީ، މި މައްސަލަ އަށް ހައްލެއް ހޯދައި އަހަރުމެންގެ ވަށަައިގެންވާ ތިމާވެެށި ސާފުތަނަަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށާއި، ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު ސަބަބަކީ މިތަނުގެެ ގުދުރަތީ ރީތިކަން ކަމަށެވެ.''މީހުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަނީ ގުދުރަތީ ގޮތުން އުފެދިފައިވާ ރީތި ތިމާވެއްޓެއްގެ ސަބަބުން. ގުދުރަތީ ގޮތުން ދެއްވާފައިވާ ރީތިކަން ފަނާނުވާނެ ގޮތަށް ހައްލެއް ބޭނުންވާ.'' ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ