ފަސްޓް ލޭޑީއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ރިޕޯޓުކުރި ނޫހަކަށް ފިޔަވަޅު އަޅަނީ

ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ގުޅުވައިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ރާއްޖޭގެ ނޫހެއްގައި ރިޕޯޓުކުރިކަމަށް ބުނެ އެ ނޫހާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކަމަނާގެ ވަކީލުން ދީފިއެވެ.ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހިންގަވާ ދަ ލިޓިޖަންޓްސް ލޯފާމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  "މޯލްޑިވްސް ނިއުސް ނެޓްވޯކް" ނޫހުގައި، އަޑިޕާކު ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ކުންފުންޏަކުން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ޤާނޫނ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އެ ބަޔާނުގަިއ އެހެން ބުނެފައިވީނަމަވެސް "ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން "މޯލްޑިވްސް ނިއުސް ނެޓްވޯކް" ގެ ފަރާތުން ވަނީ އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ ސައްހަ ހަބަރެއްކަމަށް ބުނެފައެވެ. ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފަޒްނާގެ ލޯފާމުން ބުނި ނަމަވެސް، ނޫސްތަކުގައި ލިޔާ ހަބަރަކާއި ގުޅިގެން ރާއްޖޭގައި އެޅޭނެ އެއްވެސް ޤާނޫނީ ފިޔަވަޅެއް ނޯންނަކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އަބުރުގެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވުނު ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ އެ ޤާނޫނު އުވާލާފައެވެ. ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޕާކާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ، އެކަން ތަހުގީގުކޮށް އޭސީސީ އިން ވަނީ މާލޭ މޭޔަރު ޝިފާގެ މައްޗަށް ދައުވާކުރަން ފޮނުވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ