އިޓަލީގެ ''ސަލާމީ'' ނުވިއްކުމަށާއި ބޭނުންނުކުރަން އަންގައިފި

ފުޑް އެންޑް ޑުރަގް އޮތޯރިޓީން (އެފްޑީއޭ) އިން ވަކި ގޮތެއް އަންގަންދެން އިޓަލީގެ ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ "ސަލާމީ" ނުވިއްކުމަށާއި ބޭނުން ނުކުރަން އަންގައިފި އެވެ.
އެފްޑީއޭ އިން އެގޮތަށް އެންގީ "ސެލްމޮނެއްލާ" ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އިޓަލީގެ "ސަލާމީ" ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެންގުމުންނެވެ.
އެފްޑީއޭ އިން ބުނީ، އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފްޑީއޭއިން ބުނީ އެކަމާގުޅޭ އިތުރު މައުލޫމާތެއް ބޭނުންނަމަ 3014361 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ