ރާއްޖެ ހިމެނޭ ސަރަހައްދުގެ ކަނޑުތަކަށް ކުނި އެޅުން ހުއްޓުވުމަށް ބޮޑު ޕްރޮޖެކްޓެއް

އިންޑިއާ ލަންކާ އަދި ރާއްޖެވެސް ހިމެނޭހެން މި ސަރަހައްދުގެ ކަނޑުތަކަށް ކުނި އެޅުން ހުއްޓުވުމަށް ބޮޑު ޕްރޮޖެކްޓެއް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮޖެކްޓަކީ ޕްރިވެންޝަން އޮފް ދަ މެރީން ލިޓާ، ދަ ލަކްޝަދީޕް ސީ (ޕްރޮމިސް) ޕްރޮޖެކްޓްއެވެ. ޕްރޮޖެކްޓް އިފްތިތާހް ކޮށްދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އިއްޔެ ހުޅުމާލޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތަކީ ވެސް މި ޕްރޮޖެކްޓާއި ގުޅުންހުރި ރަސްމިއްޔާތެކެވެ.
މި ޕްރޮޖެކްޓުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޕްލާސްޓިކުން އުފެދޭ ކުންޏަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ޕްލާސްޓިކް ކުނި ބޭނުން ކުރާގޮތާއި އެ މެނޭޖުކުރާ ގޮތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮޖެކްޓު ބޮޑަށް އަމާޒު ކޮށްފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
މި ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ޕްލާސްޓިކާއެކު އުޅެން ފަރިތަވަމުން އައިސް ޕްލާސްޓިކާ ނުލާ ނޫޅެވޭ ހިސާބަށް ދިވެހިން އާދެވިފައި ހުރި ކަމަށެވެ. ކުނީގެ މައްސަލަ މިހާރު މައްސަލައަކަށް ވެގެން އުޅެނީ ހަގީގަތުގައި ކުނި ނުވާ، ކުނީގެ ބާވަތްތައް މޫދަށް އަޅާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ