ރާއްޖެއަށް ތަރައްޤީ ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: ޣައްސާން

ދިވެހިރާއްޖޭގައި ހުރި ދީނާއި ޚިލާފް ކަންތައްތަކާއި، ތަރައްޤީ ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިހާރު ކާނިވާ ސަރަޙައްދުގައި އިދިކޮޅުން ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަދައްމުން ޣައްސާން ވިދާޅުވީ، ރާއްޖޭގައި ހުރި ދީނާއި ޚިލާފް ކަންތައްތަކާއި، ބޮޑެތި ކުށްތައް ހުއްޓުވައި ރާއްޖެއަށް ތަރައްޤީ ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމްކަމަށެވެ.
ޣައްސާން ވިދާޅުވީ، ރާއްޖެ މިހާރު މިދާ މިސްރާބަށްދާން ދޫކޮށްލައިފިނަމަ، ކުރިއަށް އޮތް ދިގު ތާރީޚުގައި ވެސް އަރައިނުގަނެވޭފަދަ އަނދަވަޅަކަށް ޤައުމު ވެއްޓިގެން ހިނގައިދާނެކަމަށެވެ.އަދި އޭގެ އިތުރުން ޤައުމުގެ ފޭރާން ދުވަހަކުވެސް ހަލާކުނުވާހާ ދަރަޖައަކަށް ވެއްޓި ނިކަމެތިވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދުނު ކަމަށާއި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ނުފުދި ރައްޔިތުން ނިކަމެތިވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ.އަދި މިކަންތައްތައް ހަމައެކަނި ކޮށްދެވޭނެ ވެރިއަކީ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ޣައްސާން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ