ޑީކޯވެ ހާލުދެރަވި މީހަކު އެމްއެންޑީއެފުން ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވި މީހަކު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށަައިފިއެވެ. ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ޑިކޯވެގެން އެރަށަށް އިއްޔެ ގދ. ގައްދޫއިން މީހަކު ގެންދިޔަ ކަމަށެވެ. އަދި އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ ގައްދޫ ހެލްތު ސެންޓަރުން ލަފާދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަހުން އެމީހާ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު 15:35 ވަނީ މާލެ ގެނެސްފައެވެ. އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 35 އަހަރުގެ ފިރިހެން މި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެ މީހާ ބެއްލެވި ޑޮކްޓަރުން މިއަދު ލަފާދެއްވުމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ