އުސްފަސްގަނޑު ނަގަން ހަތް ދުވަހުގެ މުހުލަތެއް ދީފި

އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާ އުސްފަސްގަނޑު ނެގުމަށް ހަތް ދުވަހުގެ މުހުލަތެއް ހައުސިންގ މިނިސްޓްރީން ދީފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، އުސްފަސްގަނޑު ނެގުމަށް ހަތް ދުވަހުގެ މުހުލަތެއް ދީ އެކަން އިއުލާންކޮށްފައިވަނީ އެސަރަހައްދު ތަރައްގީ ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
ހައުސިން މިނިސްޓްރީންވަނީ އެސަރަހައްދުގައި ހުރި ތަކެތި ނެގުމަށް ކޮށްފައިވާ އިއުލާން މިއަދު ރައީސް އޮފީހަށް ފޮނުވާފައެވެ. މިއިއުލާން އަންނަ ހޯމަ ދުވަހުގެ ގެޒެޓްގައި ޝާއިއުކުރާނެއެވެ.
އުސްފަސްގަނޑު ހުސް ކުރުމަށް ހައުސިން މިނިސްޓްރީން ހަތް ދުވަހުގެ ނޯޓިސްދީ އެކަން އިއުލާންކޮށްފައިވާ އިރު، އުސްފަސްގަނޑު ނެގުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެ، އެމައްސަލަވަނީ ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ