މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ވެހިކަލަކަށް އުސްފަސްގަނޑުގައި ތިބި ބަޔަކު ގާ އުކާފައިވާކަން ފުލުހުން ހާމަކޮށްފައިވަނިކޮށް އެ ތަނުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ސަރަހައްދުން އެމީހަކު ހައްޔަރުކޮށްފައިވަނީ މިރޭ 12:30 ކަންހާއިރު ފުލުހުންގެ ސްޓާރ ފޯސްގެ ޓީމެއް ހަރަކާތްތެރިވުމަށް ފަހުގަ އެވެ. ހައްޔަރުކޮށްގެން ގެންދިޔައީ އަންހެނަކާއި ޒުވާން ފިރެހެނެކެވެ. ފިރެހެން މީހާ ހައްޔަރުކުރީ އުސްފަސްގަނޑުގައި އެމްޑީޕީ މީހުން ތިބޭ ސަރަހައްދާ ދުރުންނެވެ. އޭނާ ހައްޔަރުކޮށްގެން ޖިޕަށް ގެންދިޔަ އިރު އެމީހާގެ މޫނުގައި ވަނީ ޑީޝާޓް އަޅާ މޫނު ނުފެންނަގޮތަށް ހަދާފަ އެވެ.
ދެ މީހުން ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ޓީމް އެ ސަރަހައްދުދޫކޮށް ދިއުމުގެ ކުރިން އެމްޑީޕީ މީހުން ތިބޭ ސަރަހައްދު ތެރޭގައި ބުރު ޖަހާ ހެދި އެވެ.
"ހައްޔަރުކުރި ފިރެހެން މީހާ އަކީ އެމްޑީޕީގެ މީހެއްނޫން. އަދި އެމްޑީޕީއަށް ސަޕޯޓްކުރާ މީހެއްވެސް ނޫން. އެމްޑީޕީ މީހަކު ހައްޔަރުކޮށްގެން ގެންދާއިރު މޫނު ފޮރުވައިގެން ލަދުން ނޫޅޭނެ. އެއީ ސީދާ ފުލުހުން ރާވައިގެން ހައްޔަރުކުރި މީހެއް،" އުސްފަސްގަނޑުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މި ރޭ ހައްޔަރު ކުރި މީހުންނާ ބެހޭ މައުލޫމާތެއް އަދި ނުލިބެ އެވެ.
އުސްފަސްގަނޑުން ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ