ހިތަދޫގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި އާއިލީ މާރާމާރީއާ ގުޅިން ތިން މީހުން ހައްރުކޮށްފި

ސ. ހިތަދޫގައި ރޭ ދަންވަރު ހިނގި އާއިލީ މާރާމާރީ އެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބި ތިން މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ކުރިން ވެސް އާއިލާ ތެރޭ މައްސަލަ ޖެހިގެން ފުލުހުންނަށް ހުށަހަޅަފައިވާ އެ އާއިލާގެ ތެރޭގައި މާރާމާރީއެއް ހިންގާފައި ވަނީ ރޭ 10:45 ހާއިރު ކަމަށެވެ. އަދި އެ މާރާމާރީ ހިނގާފައި ވަނީ އެއާއިލާގެ މަންމަގެ ދަރިންނާއި މަންމަފަރާތު މީހުންނާ ދެމެދު ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އެ މާރާމާރީ ގައި ދެ ފަރާތުގެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން އެކެއްގެ މެއިން ފެށިގެން ބަނޑާހަމައަށް ކަފާލާފައިވާ ކަމަށާއި އަދި އަނެކެއްގެ ކަންފަތާއި ކޮނޑު ހުޅު ޒަޚަމްވެފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.ނަމަވެސް އެއާއިލާ ތެރޭގައި މައްސަލަ ޖެހެން ދިމާވި ސަބަބެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.އެ ޢާއިލާ ތެރޭގައި ކުރިން ވެސް ހަމަނުޖެހުންތައް ހިނގައިގެން ފުލުހުންނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ޕީޖީ އަށް ވެސް ފޮނުވާފައިވާނެ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި އެމައްސަލައިގައި މިފަހަރުވެސް ހައްޔަރު ކުރީ ފުރަތަމަ އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ ދޭތެރެ ދޭތެރެއިން އެއްގޭ މީހުން އަނެއް ގެއަށް ގޮސް އުނދަގޫ ކޮށް ހަދާތީ އެމައްސަލައިގައި އާއިލާގެ މީހުން ގެނެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ