އަނެއްކާވެސް ހައިވޭ މަތީގައި އެކްސިޑެންޓްއެއް ހިނގައިފި

ހުޅުލެއިން ހުޅުމާލެއަށް ދާ ހައިވޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:35 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގެ ހުޅުމާލެ ކޮޅުން ޔޫ ޓާން އެޅެން ހުންނަ ހިސާބުގަ އެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ހުޅުލެއިން ހުޅުމާލެ ދިޔަ ކާރެއްގައި ޖެހިގެންނެވެ.
މިއެކްސިޑެންޓްގައި ސައިިކަލް ދުއްވަން އިން 26 އަހަރުގެ ފިރިހެނާއަށާއި ސައިކަލް ފަހަތުގައި އިން 20 އަހަރުގެ އަންހެން މީހާއަށް ޒަޚަމްތަކެއް ލިބިފައިވާއިރު، އެ ދެ މީހުންނަށް މިހާރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުންނެވެ.
ހައިވޭގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެގޮތުން ބްރިޖާއި ހައިވޭ ބޭނުން ކުރާއިރު ހެލްމެޓް އެޅުން މަޖުބޫރު ކުރަން މިިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ