ދިއްދޫ ކައުންސިލުގެ ރައީސް އިސްތިއުފާ ދީފި

ހއ. ދިއްދޫ ކައުންސިލުގެ ރައީސްގެ މަގާމުން އަލީ ހާޝިމް އިސްތިއުފާދީފި އެވެ.
ހާޝިމް އިސްތިއުފާ ދެއްވިކަން ހާމަކޮށްފައިވަނީ ދިއްދޫ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ދާދި ދެންމެއަކު ކުރި ޕޯސްޓެއްގައެވެ.
އޭނާ އިސްތިއުފާ ދީފައި މިވަނީ އިސްލާމު ދީނާއި ގުރުއާނާއި ރަސޫލާއަށް ފުރައްސާރަކޮށް ހަދަމުން އަންނަ ފަރާތްތަކަކީ "މޮޅު" ބައެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ބުނެ އޭނާ މަގާމުން ދުރުކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަމުން ދަނިކޮށެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސޯޝަލް މީޑިއާގައި ދީނާއި ގުޅިގެން ދެއްކި ވާހަކައަކާއި ގުޅިގެން އޭނާގެ ދިފާއުގައި ހާޝިމް ނިކުތްކަމީ ދިއްދޫ ރައްޔިތުންގެ ހިތްތަކުގައި އިސްލާމު ދީނަށް އޮތް ލޯތްބަށް ހާޝިމް އިހްތިރާމު ނުކުރާކަމަށް އެ ޕެޓިޝަނުގައި ބުނެއެވެ.
"ރާއްޖޭގެ ބައެއް ނޫސްތަކުގައި "ދިއްދޫ ކައުންސިލްގެ ރައީސް" މި އިބާރާތް ބޭނުންކޮށް ހަބަރު ޝާއިއު ކޮށްފައިވާކަމީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލަދުވެތި ކަމެކެވެ." އެ ޕެޓިޝަނުގައި ވެއެވެ.
އިސްލާމު ދީނާއި ގުޅިގެން އިބްރާ ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާއަށް ވެސް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި ސޯޝަލް މީޑިއާގައި އެފަދަ ގޮތަކަށް އިބްރާ ވާހަކަ ދެއްކުމާއި ގުޅިގެން އޭނާ ފުލުހުންގެ އިދާރާއަށް ވެސް ވަނީ ހާޒިރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ