ގއ.އާއި އައްޑޫސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

ހުވަދުއަތޮޅު އުތުރުބުރިއާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްރަށަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ އެސަރަޙައްދަށް ވައިޓް އެލާޓ ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އެވަގުތުގައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން ވިދާޅުވެފައިވެއެވެ. ގއ. އާއި އައްޑުއާ ދެމެދަށް ވައިޓް އެލާތް ނެރެފައިވަނީ މިރޭ 12:30 އިން މާދަން ހެނދުނު 6:30 އާ ހަމައަށެވެ.
މާދަމާ ހެނދުނު 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ  ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ވިދާޅުވިފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު  15  މޭލާއި 23  މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ