ރައީސް ނަޝީދުގެ އިސްތިއުފާ އަށް ގޮވައި މުލީއާގެ ދޮށުގައި މުޒާހަރާ ކޮށްފި

މުލީއާގެ ދޮށަށް ގިނަ އަދަދެއްގެ މީހުން އެއްވެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ އަށް ގޮވާލައި މިރޭ މުޒާހަރާ ކޮށްފި އެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް ސަރުކާރާ އިދިކޮޅު މީހުން އެއްވުމުން އެމްޑީޕީގެ ސަޕޯޓަރުން ވެސް އެ ސަރަހައްދަށް އެއްވެ ދެބައިމީހުންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ. އަދި އެއްވެ ތިބި މީހުން ފުލުހުންނާއި ސިފައިންގެ ގަޔަށް ވެއްޔާއި ގާ ފަދަ ތަކެތި އުކާފައިވެ އެވެ.
މުޒާހަރާ ރޫޅާލީ ގިނަ އަދަދެއްގެ ފުލުހުންގެ އިތުރުން ސިފައިން ވެސް ނުކުމެ ކަރުނަ ގޭސް ޖަހައިގެންނެވެ. ނަމަވެސް މުޒާހަރާ ކުރި މީހުން 00: 2 ގެ ފަހުން ވެސް ހުކުރު މިސްކިތް ތެރޭގަ އާއި އެ ސަރަހައްދުގައި އުޅުނެވެ.
މި މުޒާހަރާގައި މީހަކަށް މާ ބޮޑު ހާނިއްކައެއް ވެފައިވާ ކަމުގެ ރިޕޯޓެއް މިރޭ ލިބިފައެއް ނުވެ އެވެ. އަދި މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.
މުލީއާގެ ދޮށަށް މީހުން މި އެއްވީ ސިވިލް ސާވެންޓުންގެ މުސާރައިގެ މައްސަލައިގައި އިދިކޮޅު ޑީއާރުޕީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި މުޒާހަރާއެއްގައި ވާހަކަ ދެއްކި މީހަކު، ޖަލުގައި މީހަކު މަރުވެއްޖެ ކަމަށް ބުނުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ "އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް" ކަމަށާއި އޭނާ މަރުވެފައި ވަނީ ބަލިވެގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކޮށްފައި ހުރި މީހަކު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބަލި ވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެކަން އޭނާގެ ބައްޕަ އަށް އެންގި ނަމަވެސް އާއިލާގެ އެއްވެސް މީހަކު ހޮސްޕިޓަލަށް ނުދިޔަ ކަމަށެވެ.
"އާއިލާ އިން އޭނާއާ ހަވާލެއް ނުވި. ދެން އެއްވެސް މީހަކު ނައިމަ އޭނާގެ އަންހެނުން އޭނާއާ ހަވާލުވީ. އޭނާ މަރުވުމުން ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔަ އިރު ވެސް އާއިލާގެ މީހަކު ނާދޭ،" އޮފިޝަލް ވިދާޅުވ އެވެ. "އެހެންވީމާ އާއިލާ އިން އޭނާ އަށް އެއްވެސް ވަރެއްގެ އަޅާލުމެއް ނުދީ އޮތް އިރު އޭނާ މަރުވުމުން ވާހަކަ ދެކެވުމުން މި ދަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން."
ދިޓީވީ އާއި ދިއެފްއެމް އިން ކުރިއަށް ގެންދާ މި މުޒާހަރާގެ ލައިވް ކަވަރޭޖް ގައުމީ ސަލާމަތަށްޓަކައި ހުއްޓާލަން ފުލުހުން އަންގާފައިވާ ކަމަށް އެ ދެ ސްޓޭޝަންގެ ފަރާތުން މިރޭ ބުންޏެވެ. ދިއެފްއެމްގެ މެނޭޖްމެންޓުން ބުނީ އެ ރޭޑިއޯ ސްޓޭޝަނާއި ދިޓީވީން ވިޝުއަލް ރޭޑިއޯ މެދުވެރިކޮށް މި މުޒާހަރާ ވަގުތުން ކަވަރު ކުރަމުން ދަނިކޮށް ފުލުހުންގެ ދެ މީހަކު އެ ސްޓޭޝަނަށް ގޮސް ގައުމީ ސަލާމަތަށްޓަކައި ޓްރާންސްމިޝަން ހުއްޓާލަން އަންގާފައިވާ ކަމަށެވެ. އަދި ދިއެފްއެމް އިން ފުލުހުންނަށް ދެ އިހުތިޔާރެއް ދިން ކަމަށާއި އެއީ ލިޔުމުން އެކަން އެންގުން ނުވަތަ ސީދާ ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ފުލުހުން ލައިވްކޮށް ދިއެފްއެމް އަށް އެކަން އެންގުން ކަމަށް އެ ސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތގައި އެ ދެ އިހުތިޔާރު ދިނުމުން އެ ދެ ފުލުހުން މައި މަރުކަޒާ މަޝްވަރާ ކުރުމަށް ފަހު ވަނީ ކަވަރޭޖް ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެފަ އެވެ.
ފަހުގެ ހަބަރު
20: 2 - ދިޓީވީ އާއި ދިއެފްއެމް އިން ކުރިއަށް ގެންދާ މި މުޒާހަރާގެ ލައިވް ކަވަރޭޖް ގައުމީ ސަލާމަތަށްޓަކައި ހުއްޓާލަން ފުލުހުން އަންގާފައިވާ ކަމަށް އެ ދެ ސްޓޭޝަންގެ ފަރާތުން ބުނެފި އެވެ. ދިއެފްއެމްގެ މެނޭޖްމެންޓުން ބުނީ އެ ރޭޑިއޯ ސްޓޭޝަނާއި ދިޓީވީން ވިޝުއަލް ރޭޑިއޯ މެދުވެރިކޮށް މި މުޒާހަރާ ވަގުތުން ކަވަރު ކުރަމުން ދަނިކޮށް ފުލުހުންގެ ދެ މީހަކު އެ ސްޓޭޝަނަށް ގޮސް ގައުމީ ސަލާމަތަށްޓަކައި ޓްރާންސްމިޝަން ހުއްޓާލަން އަންގާފައިވާ ކަމަށެވެ. އަދި ދިއެފްއެމް އިން ފުލުހުންނަށް ދެ އިހުތިޔާރެއް ދިން ކަމަށާއި އެއީ ލިޔުމުން އެކަން އެންގުން ނުވަތަ ސީދާ ކަވަރޭޖް މެދުވެރިކޮށް ފުލުހުން ލައިވްކޮށް ދިއެފްއެމް އަށް އެކަން އެންގުން ކަމަށް އެ ސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތގައި އެ ދެ އިހުތިޔާރު ދިނުމުން އެ ދެ ފުލުހުން މައި މަރުކަޒާ މަޝްވަރާ ކުރުމަށް ފަހު ވަނީ ކަވަރޭޖް ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެފަ އެވެ.
19: 2 - މުޒާހަރާ މިހާރު ވަނީ ރޫޅާލަފަ އެވެ. ނަމަވެސް ހުކުރު މިސްކިތް ތެރޭގަ އާއި އެ ސަރަހައްދު ކައިރީގައި މީހުން އެބަ ތިއްބެވެ.
15: 2 - މުލީއާގެ ދޮށުގައި އެއްވެ ތިބި މީހުންގެ ތެރޭގައި ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުން ވެސް ތިބި އިރު ދެބައި މީހުންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވަނީ ހިނގާފަ އެވެ. އަދި އެއްވެ ތިބި މީހުންނަށް ފުލުހުންނާއި ސިފައިންގެ ގަޔަށް ވެއްޔާއި ގާ ފަދަ ތަކެތި އުކާފައިވެ އެވެ.
55: 1 - އެއްވެ ތިބި މީހުން މިހާރު ވަނީ ކަރުނަ ގޭސް ޖެހުމާ ގުޅިގެން މުލީއާގެ ގޭޓާ ދުރަށް ޖެހިފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ތިބެގެން އެމީހުން އަދިވެސް މުޒާހަރާ ކުރަމުން އެބަ ގެންދެ އެވެ.
50: 1 - ފުލުހުންނާއި ސިފައިން އެއްވެ ތިބި މީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހައިފި އެވެ. މީހަކަށް ހާނިއްކައެއް ވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
31: 1 - މުޒާހަރާ ކުރަމުންދާ މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަމުން ދާއިރު ސިފައިން ވެސް މިހާރު ވަނީ އެކަމަށް ނުކުމެފަ އެވެ. އެއްވެ ތިބި މީހުން މުސާރައިގެ މައްސަލައާ މެދު ވެސް ނުރުހުން ފާޅު ކުރަމުން އެބަ ގެންދެ އެވެ.
00: 1 - މުލީއާގެ ދޮށަށް ގިނަ އަދަދެއްގެ މީހުން އެއްވެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ އަށް ގޮވާލަމުން އެބަ ގެންދެ އެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް މީހުން މި އެއްވީ ސިވިލް ސާވެންޓުންގެ މުސާރައިގެ މައްސަލައިގައި އިދިކޮޅު ޑީއާރުޕީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި މުޒާހަރާއެއްގައި ވާހަކަ ދެއްކި މީހަކު، ޖަލުގައި މީހަކު މަރުވެއްޖެ ކަމަށް ބުނުމާ ގުޅިގެންނެވެ. ފުލުހުން ދެންމެ ބުނީ "އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް" ކަމަށާއި އޭނާ މަރުވެފައި ވަނީ ބަލިވެގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކޮށްފައި ހުރި މީހަކު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބަލި ވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެކަން އޭނާގެ ބައްޕަ އަށް އެންގި ނަމަވެސް އާއިލާގެ އެއްވެސް މީހަކު ހޮސްޕިޓަލަށް ނުދިޔަ ކަމަށެވެ.
"އާއިލާ އިން އޭނާއާ ހަވާލެއް ނުވި. ދެން އެއްވެސް މީހަކު ނައިމަ އޭނާގެ އަންހެނުން އޭނާއާ ހަވާލުވީ. އޭނާ މަރުވުމުން ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔަ އިރު ވެސް އާއިލާގެ މީހަކު ނާދޭ،" އޮފިޝަލް ވިދާޅުވ އެވެ. "އެހެންވީމާ އާއިލާ އިން އޭނާ އަށް އެއްވެސް ވަރެއްގެ އަޅާލުމެއް ނުދީ އޮތް އިރު އޭނާ މަރުވުމުން ވާހަކަ ދެކެވުމުން މި ދަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން."
* މިކަމާ ގުޅޭ ފޮޓޯ ހުރި ނަމަ ހަވީރުގައި ޖެހުމަށް 2323 އަށް އެމްއެމްއެސް ކުރެއްވުން އެދެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ