ޖިންސީ ގޯނާއާ ދެކޮޅަށް މަޖިލީހުގެ އިދާރާގައި އިހުތިޖާޖު ކޮށްފި

ޖިންސީގޯނާއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބަޔަކު މިރޭ އިހުތިޖާޖުކޮށްފި އެވެ.
އެ މީހުން އިހުތިޖާޖުކުރީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މަޖިލީހުގެ އިދާރާ އިން ބޭއްވި ފޯރަމްގަ އެވެ.
އިހުތިޖާޖްގެ ބައިވެރިން ހިމޭން ކަމާއެކު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކެއް ވަނީ ގެންގުޅެފައެވެ. އެ މީހުން ގެންގުޅުނު ބޯޑުތަކުގައި "ޒީރޯ ޓޮލެރެންސް ކޮބައިހޭ؟" ސުވާލު ކުރާ ބޯޑުތަކާއި "ކުޑަކުދިން ހިމާޔަތް ކުރޭ" ފަދަ ޝުއޫރުތައް ހިމެނެ އެވެ.
އާންމުންގެ އިތުރު ފުލުހުންގެ ބައެއް އޮފިސަރުން ވެސް އެ ފޯރަމްގައި ބައިވެރިވި އެވެ. ފޯރަމްގެ ޕެނަލްގައި ތިއްބެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ