މިހާތަނަށް 2،507 މީހަކަށް އިންކަމް ސަޕޯޓް ދޫކުރެވިފައިވޭ

ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން ދެމުން ގެންދާ އެހީގެ ތެރެއިން މިހާތަނަށް 2،507 މީހަކަށް އިންކަމް ސަޕޯޓް ދީފައިވަނޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ދޭ އިންކަމް ސަޕޯޓް އެލަވަން ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެގޮތުން އިންކަމް ސަޕޯޓް ދިނުމަށް 10.1 މިިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެެވެ.
އެގޮތުން ޖޫންމަހުގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދިނުމަށް 5.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ 1،450 މީހުންނަށް އިންކަމް ސަޕޯޓް ދިނުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެ ފައެވެ.
އެންސްޕާ މެދުވެރިކޮށް ދޫކުރެވޭ މި ފައިސާ ހަވާލުކުރެވެނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތައް އަދި މުސާރަ ނުލިބޭގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާލެވިއިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ