އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބް އެއްފަރާތް ކޮށްފި

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ހުންނެވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުން އެއްފަރާތް ކޮށްފި އެވެ.
މިއަދު ބޭއްވި އެމްޑީޕީ ފިޔަވަޅުއަޅާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މުސްތަފާ ލުތުފީ އެވެ.
Twitter Embeded
އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ބުނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުއައިބު އެކޮމެޓީން އެއްފަރާތް ކޮށްފައިވާ ކަމަށެވެ.
އެއީ ކޮން މައްސަލައެއް ކަން އެމްޑީޕީން ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާޓޫން ކުރަހައިގެން ޓްވިޓާގައި ޝުއައިބް އާންމުކުރި މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ