ރ. ދުވާފަރު މަގުތަކުގައި ތާރުއަޅަން ފަށައިފި

ރ.އަތޮޅު ދުވާފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިއެވެ. އެމްޓީސީސީން ބުނީ، މި މަސްރޫޢުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
މިމަޝްރޫޢުގެ ދަށުން އެރަށުގައި ފަންސަވީސް ހާސް ފަސްސަތޭކަ ތޭރަ (25513) ކިލޯ މީޓަރު މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޭމަންޓްގެ ގޮތުގައި ހަހާސް އަށްސަތޭކަ ތޭރަ (6813) ކިލޯމީޓަރު ހަދާގޮތަށް ހަމަޖެހިފައި ވެއެވެ.
ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސަކައްތުގެ ތެރެއިން މަގު ބައްތި ޖެހުން ފަދަ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން 47.04 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ދުވާފަރު މަގުހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ