ކޮވިޑް-19 ޖެހިގެން ވަރުވެފައިވާ މީހެއް މަގުމަތިން ފެނިއްޖެ

ރޭ މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. މަގު މައްޗަށް ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންދިޔައީ 10:45 ހާއިރެވެ. އެކަން ހާމަކޮށްފައިވަނީ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އަޒީޒެވެ.
"މިއީ ރާއްޖޭގެ ފަސް ވަނަ ކޮވިޑް މަރު ކަމަށް ވެސް މިހާރު މި ވަނީ ނިންމާފައި،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 1438 ކެވެ. ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ނިޔާވެފައިވަނީ ފަސް މީހެކެވެ. މިބަލިން ރަގަނޅުވެފައިވަނީ 232 މީހުންނެވެ.
މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އަދި އެކަން އެގޮތަށް ކުރައްވާނީ ޞިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުންދާނަމަ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ނ. މަނަދޫގެ، ހއ. އުލިގަމާއި އެ އަތޮޅު ތަކަންދޫ އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އަދި ހިންމަފުށިންނެވެ. ހިންމަފުށިން ޖެހިފައިވަނީ އެރަށުގައި ހުންނަ ޑުރަގް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ 3 މީހެކެވެ. ހއ. އުލިގަމުން ކޮވިޑް-19 ޖެހުނުމީހާ ވަނީ ރަގަޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ