ކުޑަކުދިން ފަސޭހައިން ރުޅި އަންނަ ކަންތައްތައް

ރުޅި އައުމަކީ ކޮންމެ އިންސާނެއް ކިބައިގަ ވެސް ހުންނަ ޡޮބީޢީ އިހުސާސެކެވެ. އެގޮތުން ރުޅި އަކީ ވަކި ބޮޑެއް ކުޑެއް ބެލުމެއް ވާ އެއްޗެއް ވެސް ނޫނެވެ. ހަމަ ކޮންމެ ހީކަުވެސް ހިއްހަމަ ނުޖެހޭ ކަމެއް ދިމާވުމުން ރުޅި އާދެއެވެ.
އެގޮތުން މިފަހަރު މި ލިޔުމުގައި މި އަލިއަޅުވާލަނީ އަޅުގަނޑުމެންގެ ތުއްތު ކުދިން ރުޅިއަންނަން ދިމާވާ ބައެއް ސަބަުތަކަށެގެ.
ކުޑަ ކުދިން ރުޅިއަންނަން މައިގަނޑުގޮތެއްގައި މި މެދުވެރިވަނީ:
ކުޑަކުދިން އާންމުކޮށް އަންނަ ރުޅިއާއި ބޮޑެތި މީހުން އަން ރުޅީގައި ތަފާތު ކަމެއް ހުރެދާނެއެވެ. އެއީ ކުޑަކުދިން ރުޅި އަންނަ ސަބަބާއި ބޮޑެތިމީހުން ރުޅި އަންނަ ސަބަބުވެސް ތަފާތުވެދާނެތީއެވެ.
ކުޑަކުދިން މާގަދައަށް ރުޅި އަންނަނީ ނަމަ އެއީ ސިއްޚީމައްސަލައަކަށްވެސް ވެދާނެ އެވެ. އެހެން ކަމުން ޑޮކްޓަރެއްގެ ލަފާ ހޯދާލުން މުހިންމެވެ.
ބައެއް ތަޖުރިބާކާރުން ދެކޭގޮތުގައި ގިނަ ކުޑަކުދިން ރުޅި އަންނަނީ އކުދިންގެ މައިން ބަފައިން ރުޅިއަންނަ ތަން އެކުދިންނަށް ފެންނާތީއެވެ. އެހެނީ އަބަދު މައިންބަފައިން އެކުދީން ކުރިމަތީ ރުޅިސައިގެން ހަޅޭ ފަޅޭ ޖަހަ މަންޒަރު ފެންނަނަމަ ކުދިން އެކަން ވަރަށް އަވަހަށް ކޮޕީކުރެއެވެ. އަދި އެކުދިންނަށް ރުޅިއަންނަން ދަސްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ