ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 27000 މައްޗަށް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 27000 މައްޗަށް އަރައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އެކަނިވެސް ވަނީ 164 މީހުން ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 27084 އަށް އަރާފައެވެ. މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 64 މީހުންނެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވީ 68 މީހުންނެވެ. އަދި ރިސޯޓްތަކުން ވަނީ 24 މީހުން ޕޮޒިޓިވްވެފައެވެ. މިހާރުވެސް 90 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ޖުމުލަ 71 ވަނީ ކޮވިޑް 19 ޖެހިގެން ރާއްޖެއިން ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ