ވެންޓިލޭޓަރު މައްސަލަ ނެތްނަމަ ރައީސް ސޯލިހާއި މައްސަލަ ނުޖެހުނީސް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު މައްސަލަ ޖެހިގެން އުޅުއްވަނީ ވެންޓިލޭޓަރު ކޮރަޕްޝަނާއި ގުޅިގެން ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ވެންޓިލޭޓަރު ކޮރަޕްޝަނާއި ގުޅިގެން ނަޝީދާއި ރައީސް ސޯލިހުގެ މައްސަލަތަކެއް ހުރިކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ނަޝީދު ވިދާޅުވީ ތަފްސީލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ ލީޑަޝިޕާއިއެކު އިށީންދެވަޑައިގަންނަވަން ކަމަށެވެ.
އަޅުގަނޑުމެން ދެމީހުންގެ (ރައީސް ސޯލިހާއި ނަޝީދު) ދޭތެރޭގައި މައްސަލަ ހުރެގެން، މިހާރު މިސާލަކަށް މައްސަލަ މިހުންނަނީ ވެންޓިލޭޓަރު މައްސަލައިގަ. އަޅުގަނޑުމެން ދެމީހުން ދޭތެރޭގަ މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރުގެ މައްސަލަ ނެތްނަމަކާއެއް.
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އިތުރު ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ