ސަރުކާރުގެ އިހުމާލުން މާފަންނު މެދުގެ ރައްޔިތުން ނިކަމެތި ވެއްޖެ: ނަރީޝް

ކޯވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން، ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، މާފަންނު މެދު ދާއިރާގެ ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓް އަހްމަދު ނަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކާއި އެކު މާފަންނު މެދުގެ އެތައް ސަތޭކަ ރައްޔިތުންނެއް ނިކަމެތި ކަމެއްގެ ތެރޭގައި ދިރިއުޅެމުން އެބަދާ ކަމަށެވެ.
ކަރަންޓާއި ފެން ބިލް ނުދެއްކި ދާއިރާގެ އެތަކެއް އާއިލާތަކެއް ދިރިއުޅެމުން ދާކަމަށް ނަރީޝް ވިދާޅުވިއެވެ.
އެ ބިލުތައް ދެއްކޭނެ ގޮތެއް ނެތި އެތައް އާދޭސްތަކެއް ރައްޔިތުން ކުރަމުން އަންނައިރު މިކަމަށް އެދޭވޭ ހައްލުތަކެއް އަދި ރައްޔިތުންނަށް ލުއިތަކެއް ހޯދައި ނުދީ ސަރުކާރު ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ ރޯދަމަސް ބޯމަތިވަމުން އަންނަ އިރު އެކަމަށް ހައްލެއް ގެންނަން ޖެހޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ