ރަމްޟާންމަހު ދުވާލު ކައިގެން މިހާތަނަށް 12 މީހުން ހައްޔަރު ކޮށްފި

މި ރަމްޟާންމަހު ދުވާލު ކައިގެން މިހާތަނަށް 12 މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި ގޮތުގައި، އެއީ މި ރަމަޟާން މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދެވެ.
ފުލުހުން ބުނީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، އަތޮޅުތަކުން ހައްޔަރުކުރި 3 މީހަކާއި މާލޭ ސިޓީން ހައްޔަރުކުރު 9 މީހުން ކަމަށެވެ. ރަމަޟާން މަހު ދުވާލު ކައިގެން އެ މުއްދަތުގައި އަތޮޅުތަކުންނާއި މާލެ އިން 19 މައްސަަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެތެރޭގައި އަތޮޅުތަކުން 8 މައްސަލަ އަދި މާލޭ ސިޓީން 11 މައްސަލަ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ