ޔާމީން އައްޑޫ އަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން އައްޑޫ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި އައްޑޫގެ އެކި އަވަށްތަކުގައި ތިބި ޕީޕީއެމްގެ މެމްބަރުންނާ ޔާމީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން އައްޑޫ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޔާމީން ދާދިފަހުން ވަނީ ހއ.އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ޔާމީން ވަނީ އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެން، ޕީޕީއެމްގެ މެމްބަރުންނާއެކު ހާއްސަ ޖަލްސާތަކެއް ބާއްވާފަ އެވެ. އެ ޖަލްސާތަކުގައި ޔާމީން ވަނީ ސަރުކާރު އެކި ސިޔާސަތުތަކަށާއި އިންޑިއާ އަށް ވެސް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ.
ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާއިރު، އެމަނިކުފާނާއި ދެކޮޅަށް ކޯޓުތަކުގައި މިހާރުވެސް އަންނަނީ މައްސަލަތައް ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ