ރައީސް ޔާމީން އަންނަ އާދިއްތަ ދުވަހު އައްޑޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ޔާމީން އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހަށް ކަމަށެވެ.އެ ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.ޕީޕީއެމްހެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީގެ ފޭދޫ އަދި މަރަދޫ އަށް ވަޑައިގަންނަވާނެ ކަމަށެވެ. މީގެއިތުރުން މަރަދޫފޭދޫ އާއި ހިތަދޫ އަދި ހުޅުދޫމީދޫ އަށް ވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.އާދިއްތަ ދުވަހު ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވާއިރު، ދާދިފަހުން ޔާމީން ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި އޭގެކުރިން ތިލަދުންމަތީގެ ބައެއް ރަށްތަކަށް ވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.ޕީޕީއެމް އިން މީގެކުރިން ބުނީ މި ދަތުރުތަކަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އަށް އާއްމުންގެ ހިޔާލު ހޯދުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ.ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު އަދި މިހާތަނަށް ޕާޓީ އަކުން ރިޔާސީ ޓިކެޓް ކަށަވަރުކޮށްދީފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ގެންދަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީތަކުން ވާދަކުރާނެ ކަމަށް ބުނަމުންނެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިލްމުވެރިޔެއް ކަމަށްވާ ޑރ. ޝިހާމްވެސް ގެންދަވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާނީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދު ކަމަށް ބެލެވެ އެވެ. އެމްއެންޕީގެ ޓިކެޓް ލިބިވަޑައިގަންނަވާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ކަމަށް ބެލެވޭއިރު ޖޭޕީގެ ޓިކެޓް ދޭނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ