ބަލިތައް އިތުރުވާތީ، ޢީދު ބަންދުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދެފި

ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއިފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ. މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ރިޕޯޓުކޮށްފައިވާއިރު، ޢީދު ބަންދުގައި ރަށްތަކާއި ތަންތަނަށް ޒިޔާރަތްކޮށް ހަދާއިރު، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މީގެ އިތުރުން، އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ޙިއްޞާކުރާ މައުލޫމާތަށް ބަރޯސާވުމަށް ވެސް އެޗްޕީއޭ އިލްތިމާސްކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ