މިނިސްޓަރު ހައިދަރަށް ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލަން ނިންމަވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލަން ނިންމަވައިފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް، މި ސަރުކާރުން މިއަދު ވަނީ އާއްމުކޮށްފައެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި މިނިސްޓަރު ހައިދަރުވެސް ހިމެނިވަޑައިގަންނަވައެވެ. 
މިކަމާ ގުޅިގެން މިނިސްޓަރު ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލުމަށް ނިންމަވާފައިވަނީ އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގަށްވުރެ ބޮޑަށް ފްލެޓްލިބުން އައުލާކަންބޮޑު މީހުން ލިސްޓްގައި ތިބިކަމަށް ދެކިވަޑައިގަންނަވާތީއެވެ. ހައިދަރު ވަނީ ހާލަތުގެ ގޮތުން ދެމަފިރިންނަށް ލިބިވަޑައިގެންނެވި ފްލެޓް ލިބިގަތުމަށް އުޒުރުވެރިވާކަންވެސް ފާހަގަކުރައްވާފައެވެ.
Advertisement
ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލުމަށް ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ
ހައިދަރުގެ ބަޔާނުގައި ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރުގެ އެކްސް ޕޯސްޓް
މިނިސްޓަރު ހައިދަރާއި، އެމަނިކުފާނުގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވީ ތިން ކޮޓަރީގެ އެޕާޓްމަންޓެކެވެ.
ސަރުކާރުން މިއަދު ފްލެޓް ލިބޭ މީހުންގެ ނަންލިސްޓް އާއްމުކޮށްފައިވަނީ އޭސީސީން ބަލަމުންގެންދާ މައްސަލައާ ގުޅިގެން ފްލެޓް ލިސްޓް މުރާޖައާކުރާތާ ގިނަ ދުވަސްތަކަކަށްފަހުގައެވެ. 
ފްލެޓް ލިސްޓް މިއަދު އާއްމުކޮށްފައިވާއިރު، މިނިސްޓަރު ޑރ.މުއްތަލިބް ވަނީ ކުރީ ސަރުކާރުން ފްލެޓްތައް ދިނުމުގައި އުސޫލާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެންމެ ގިނައިން މައްސަލަ ހުރިކަމަށް ފާހަގަކުރެވުނީ، މާލޭގައި ދިރިއުޅުނުކަމުގެ ލިޔުން ހުށަހެޅުމުގައިކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ދޭން ނުޖެހޭ ލިޔުންތައް ދިނުމާއި، ފްލެޓް ކޮމިޓީގެ މެމްބަރުން އުސޫލާ ހިލާފަށް ކޮށްފައިވާ ކަންކަންވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.
މިގޮތުން ވެރިކަން ބަދަލުވިފަހުން ފްލެޓް ލިސްޓަށް ވަދެފައިވާކަން ސާބިތުވާކަމަށް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ. ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް މިއަދު އާއްމު ކުރާއިރު، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށްވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ