އެފްބީއައި އިން ފުލުހުންގެ އިދާރާތަކަށް އައިފޯން ހުޅުވައިދެނީ

މިދުވަސްވަރު ޓެކްނޯލޮޖީ ދާއިރާގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ އެފްބީއައި އާއި އެޕަލްގެ ކޯޅުންގަޑުގެ ވާހަކައެވެ. އިއްޔެ އެފްބީއައި އިން ވަނީ ތަހްގީގުތަށް ކުރިޔަށް ގެންދާ ފުލުހުންނަށް އެމީހުން ތަހްގީގު ކުރަމުންދާ މައްސަލަ ތަކުގައި އައިފޯން ކްރެކް ކޮށްދޭނެކަން އިއުލާން ކޮއްފައެވެ.
މިގޮތަށް އެފްބީއައި އިން އިއުލާން ކުރުމާއިއެކު އެޕަލް އިން ވަނީ މިކަމާ ނުރުހުން ފާޅުވެސް ކޮއްފައެވެ. އެފްބީއައި އިން މިހާރު ދަނީ އެމީހުން ތަހްގީގުކުރާ މައްސަލަތަކުގައި ޓެޕް ކޮށް ޓްރޭސް ކުރަން ޖެހޭ އައިފޯންތައް ކްރެކް ކޮށްދެމުންއެވެ.
އައިފޯންގެ އިތުރުން އެޕަލްގެ އެހެން ޑިވައިސް ތަށް ވެސް އެފްބީއައިއިން ކްރެކް ކޮށް އަންލޮކް ކުރަމުންދާކަމަށް އެފްބީއައިން ވަނީ ބުނެފައެވެ. އެފްބީއައި އިން އެމީހުން މިކަން ކުރަމުންދާ ގޮތް ސިއްރު ކޮއްފައި ވާ އިރު އެޕަލް އިން ވަނީ މި މެތޮޑް ހޯދުމުގެ މަސަތްކަތް ކުރަމުންނެވެ.
އެފްބީއައި އިން އައިފޯންތަށް މިވަގުތު ކްރެކް ކުރަމުންގެންދާނީ އެމެރިކާގެ ފުލުހުންނަށް އެކަނިއެވެ. ނަމަވެސް އިންޓަނޭޝަނަލް ބޮޑެތި ކުށްތަށް ތަހްގީގު ކުރުމަށް އެފްބީއައި އިން މި ހިދުމަތް ވަރަށް އަވަހަށް ފޯރު ކޮއްދޭން ފަށާނެ ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ