ގެސްޓުހައުސް ހިންގުމަށް ހޯރަފުށިން ހަތް ބިމެއް ދޫކުރަނީ

ހއ. ހޯރަފުށިން ހަތް ބިމެއް ލޯކަލް ޓޫރިޒަމަށް ދޫކުރުމަށް ބިޑަށް ލައިފިއެވެ.
ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައި ރަށްރަށުން ޓޫރިޒަމްގެ ބޭނުމަށް ބިން ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ. ހޯރަފުށި ކައުންސިލުން ބުނީ އެރަށުގައި ގެސްޓު ހައުސް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް އަންނަ މަހުގެ ތިންވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެ ސެޝަން އޮންނާނީ އޮންލައިން ކޮށެވެ.
އެހެންކަމުން ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާނަމަ އަންނަ މަހުގެ އެކެއްގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. މިކަމާއި ގުޅިގެން ބިޑު ހުށަހަޅަން ޖެހެނީ ފެބްރުއަރީ 18 ވަނަ ދުވަހެވެ.
ހޯރަފުށީގެ އިތުރުން އެހެން ބައެއް ރަށްރަށުން ވެސް އަންނަނީ ޓޫރިޒަމަށް ބިން ދޫކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އައްޑޫ ސިޓީއިން ވަނީ 30 ބިމެއް ގެސްޓް ހައުސް ތަރައްގީކުރަން ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ