އައްޑޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގައްނަގައިފި

އައްޑޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގައްނަގައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމުގެ މައްސަލައެއް ރޭ ފަތިހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި އެފިހާރަ ފަޅާލައި ވަގަށް ނަގާފައިވަނީ ތިންމިލިއަން ރުފިޔާއެވެ.
އައްޑޫގައި ހުންނަ ރޫޓު ފިހާރަ ހުންނަނީ މަރަދޫގެ ބޮޑުމަގުގައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން އުޅުނު ބަޔަކު ވަނީ ހިފަހައްޓާފައެވެ.
އެމައްސަލާގައި ޝާމިލްވާ ފަރާތްތަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް މިހާރު ވަނީ ހުށައަޅާފައެވެ.
އެފަހަރު ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރަންގެންދި 4.5 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ