ރޭނިސް ސަލީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 3:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ރޭނިސް ސަލީމް އަށް ޗިޓް ފޮނުވާފައިވާނެ ކަމަށެވެ.
އޭނާ ހާޒިރުކުރަނީ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވި އެވެ.
ރޭނިސް ސަލީމް އަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގައި އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގަނެ ވަކާލާތު ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ