މިފްކޯއިން ވެސް ތެޔޮ ވިއްކާ އަގުބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މިފްކޯއިން ވިއްކާ ތެލުގެ އަގުވެސް މައްޗަށް ޖެހިލައިފިއެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ސަން"އަށް ވިދާޅުވީ އެކުންފުނިން މަސްވެރިންނަށް ވިއްކާ ތެޔޮ ގަންނަނީ އެސްޓީއޯއިން ކަމަށެވެ. އެހެންކަމުން، އެސްޓީއޯގެ އަގުތަކާއެކު މިފްކޯގެ އަގުތައް ވެސް ބޮޑުވީ ކަމަށް އޭނާ ވިދާޅުވިއެވެ. މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކަމުން އައީ ލީޓަރެއް 11.48 ރުފިޔާއަށެވެ. އަގަށް އައި ބަދަލާ އެކު މިހާރު ޑީސަލް ލީޓަރެއް ހުރީ 12.08 ރުފިޔާއަށެވެ. އެސްޓީއޯ އިން އިއްޔެ ތެލުގެ އަގުބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމުންނެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު އެވްރެޖްކޮށް އުޅެނީ 88 ޑޮލަރުގައެވެ. މި މަސް ފެށުނު އިރު ތެޔޮ ފީފާއެއްގެ އަގަކީ 77 ޑޮލަރެވެ. އެންމެ ފަހުން ތެލުގެ އަގު 71 ޑޮލަރަށް ވުރެ މަތީގައި ހުރީ 2014ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ