ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ ޕީޖީން ނިންމައިފި (ބުނީމަ އަރުވަން)

މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން ދެންމެ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު މެދު ތެރޭ ވެސް ނާޒިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ޕީއެންސީގެ ބައެއް އިސް މެންބަރުންގެ ތެރޭގައި މަޝްވަރާތަކެއް ހިނގި އެވެ. އެ ހަބަރު ރިޕޯޓު ކުރުމުން، އޭރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.
ނަމަވެސް މިއަދު 11:15ގައި ފެށި ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ ނާޒިމް މަގާމުން ދުރުކުރުމަށެވެ. އަދި އެކަން ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމާފައިވެ އެވެ.
ތަފްސީލު - ޕީއެންސީގެ ޕީޖީގެ އެ ބައްދަލުވުމުގައި އެ ނިންމުން ނިންމިކަން އެ ގްރޫޕުގެ ބައެއް މެންބަރުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި މިވަނީ، ރައީސް މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އެ މަނިކުފާނު އޭނާ ބޭރުކޮށްލެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އޭގެ ސަބަބެއް ނޭނގެ އެވެ.
އެނގިފައިވާ ގޮތުގައި، ނާޒިމް ވަކިކުރުމުގެ މަޝްވަރާތަކެއް ފެށީ އޭނާ މަޖިލިސް ތެރެއިން ރައީސް މުއިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ