މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ފުލުސް މީހާ ކޮކެއިންއަށް ޕޮޒިޓިވް

މަސްތުވާތަކެއްޗާ އެކު އިއްޔެ ހައްޔަރު ކުރި ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާގެ ކޯޓު އަމުރުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ޝިޔާޒާ، 31،އާ އެކު ފިރިހެނެއް ވެސް ހައްޔަރު ކުރި އެވެ. އެގޮތުން:
ދެން ހައްޔަރުކޮށްފައިވަނީ ސައިފުﷲ އަހްމަދު، 26، ހަޒާރުމާގެ/ހއ. ދިއްދޫ
ވިޔަފާރިވެރިންގެ މިސްކިތް ކައިރިން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސް ކުރިއިރު، ރަބަރު ތިން ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވޭ
މި މައްސަލައާ ގުޅިގެން ފުލުސް އޮފިސަރު ޝިޔާޒާ މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި
ތަފްސީލު - އެ މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، ދެ މީހުން ވެސް ވަނީ ކޮކެއިންއަށް ޕޮޒިޓިވް ވެފަ އެވެ. އަދި މަސްތުވާތަކެތި ފެނިފައިވަނީ ސައިކަލު ފަހަތުގައި އިން ޝިޔާޒާގެ ދަބަހުން ކަމަށް ބުނެފައިވެ އެވެ. އެގޮތުން:
އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 2 ގްރާމަށް ވުރެ ބަރު
އެހެންވެ މިއީ ޓްރެފިކިން މިންގަނޑަށް ފެތޭ އަދަދެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތް
މި އޮޕަރޭޝަން ފުލުހުން ހިންގާފައި ވަނީ، އެ ދެ މީހުން މަސްތުވާތަކެތި ބަލާ ދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 
ޝިޔާޒާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. އެއީ ވަކީލެއް ހަމަޖައްސަން ބޭނުންވާކަން އޭނާ އެދިފައިވާތީ އެވެ.
ސައިފުﷲގެ ބަންދަށް ކޯޓުން ދިނީ 10 ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ