އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ތަރި، މައިކަލް އޮވެންއާ އެކު، އަވަނި+ފަރެސް މޯލްޑިވްސް ރިސޯޓްގައި އަންނަ އޮކްޓޫބަރު މަހު ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަވަނި+ފަރެސް އިން މައުލޫމާތު ދޭ ގޮތުގައި، އަންނަ އޮކްޓޫބަރު މަހު 20-24 އަށް އަވަނި+ފަރެސްގައި އޮވެންއާ އެކު ޓްރެއިނިން ކޭމްޕް ކުރިއަށްގެންދާއިރު، މި ކޭމްޕް ހާއްސަ ކުރެވިގެންދާނީ، ހަތަރު އަހަރުން ފެށިގެން، 15 އަހަރުން ދަށުގެ އުމުރުފުރާތަކަށް ކަމަށެވެ.
ކޭމްޕްގެ ފުރަތަމަ ތިން ދުވަހު، އޮވެންއާ އެކު، ކޭމްޕްގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، އޮވެންއާ އެކު، މި ޓްރެއިނިން ކުރިއަށްގެންދިޔަ ކަމުގެ ސެޓްފިކެޓެއް ވެސް ލިބިގެންދާނެ އެވެ. މި ކޭމްޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަވަނި+ފަރެސް ރިސޯޓްގައި، މި ކޭމްޕް ކުރިއަށްދާއިރު، ތިބޭ ގެސްޓުންނަށެވެ.
އޭގެ އިތުރުން، އަވަނި+ފަރެސް ރިސޯޓުން އަންނަނީ، "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ - ސީއެސްއާރް" ގެ ތެރެއިން، ރާއްޖޭގެ ބައެއް ކުދިންނަށް ވެސް ފުރުސަތު ފަހިކޮށްދިނުމުގެ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ.
ކުޅިވަރުގެ ތެރެއިން އެކިއެކި ކަންކަން ރޭވުމަށް ހާއްސަ އަހަމިއްޔަތުކަމެއް ދީގެން، އަވަނި+ފަރެސް އިން ގިނަ ކަންތައްތަކެއް ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު، ދާދި ފަހުން، އެ ރިސޯޓްގައިވަނީ، ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ބ. އަތޮޅުގެ މެޗުތައް ހޯސްޓްކޮށްފަ އެވެ. ރިސޯޓް ލީގުން ވަނީ، މި މުބާރާތް ހޯސްޓްކުރުމުގައި އަވަނި+ފަރެސްގެ މަސައްކަތް ފާހަގަކޮށްފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު އޮވެން، އަވަނި+ފަރެސްގައި ޗުއްޓީ ހޭދަކުއިރު، އިއުލާނުކޮށްފައިވަނީ، މި އަހަރު އޭނާގެ ޓްރެއިނިން ކޭމްޕް އެ ރިސޯޓްގައި އޮންނާނެ ކަމަށެވެ. ކުރިން، ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ އޮވެން އަކީ ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅުގައި ވިދުން ގަދަ ފޯވާޑެކެވެ. އޭނާ ވަނީ، ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް،
އަވަނި+ފަރެސްގައި އޮވެންއާ އެކު ޓްރެއިނިން ކޭމްޕެއް އަވަނި+ފަރެސްގައި އޮވެންއާ އެކު ޓްރެއިނިން ކޭމްޕެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ